ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާ ދެއްވުން ނުވަތަ އެމަނިކުފާނު މަޤާމުން އަޒުލުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޤައުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބުން، ރައީސް މުޢިއްޒު މަޤާމުން އިސްތިއުފާ ދެއްވުން ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު އަޒުލު ކުރުން ނޫން އިތުރު ގޮތެއް މިހާރު ޤައުމަށް ނެތް ކަމަށެވެ.
"މިހާރު މިއޮތް ވަރުން އެނގޭތޯ، ހަމަ މީނާ (ރައީސް މުޢިއްޒު) މި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން، ނޫނިއްޔާ މީނާ އަޒުލު ކުރުން... އަޒުލު ކުރުން ނޫން ގޮތެއް ނެތް. މީނާ ހުންނަވައިގެން ރައްޔިތުންނަށް ހަމަ އެއްވެސް ކަމެއް ފައިދާވާ ތަނެއް ނުފެނޭ. މުޅި ނިޒާމް ގަޑުބަޑު ކޮށްލައިފި." ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނުއަސާސީން ދައުލަތުގެ ބާރުތައް ވަކިކޮށް، ފާރަވެރިވުމުގެ ނިޒާމެއް ގާއިމްކޮށްފައި އޮތް ނަމަވެސް، މިހާރު ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ކަހާލަމުންދާއިރު ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ ފަނޑިޔާރުންވެސް އަޅާނުލާ ތިއްބެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ބާރުތައް އެއްކުރުމަކީ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ނުރައްކާތެރި ކަމެއް ކަމަށާއި، މި ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ ގައުމު ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ރައީސް ޔާމީން ދެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓަށް ބަދަލުތައް ގެނައުމަކީ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެއް ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ބަޖެޓުގެ ކަންކަން ރާވާފައިވަނީރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ބޭނުންހާ ގޮތަކަށް ބަދަލު ކުރެއްވޭ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ދައުލަތް ހިންގަން ޖެހޭނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުގެ އިމުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުތައް ބޮޑުވެގެންދާ މަންޒަރު ކަމަށާއި، ބަޖެޓު އިތުރުކުރަން ބޭނުންނަމަ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ބޮޑު ބަޖެޓެއް އޮވެމެ ތަރައްޤީގެ މަސައްކަތެއް ނުހިނގާ އިރު، ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޓެންޑަރ ބޯޑު އުވާލާފައިވާތީ، މިހާރު މަޝްރޫޢުތައް ދެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ރުއްސަވާ ވަކި ބަޔަކަށް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މިއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ވެރިކަން ކުރުމުގެ ހުރިހާ އުސޫލުތަކެއް މުގުރާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

JPN
ކިޔުންތެރިންގެ ހިޔާލު