ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިގްތިސާދީ ހާލަތާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ކުރިއަށް އޮތް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައިވާއިރު މި މުޒާހަރާތައް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ރަސްފަންނުންނެވެ.
މުޅި ރާއްޖޭގައި ކުރިއަށް ދާނެ މި ހަރަކާތްތަކާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ބިރަށް އެ ޕާޓީން ފަސްނުޖެހޭނެ ކަމަށާއި އެފަދަ އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ސާބިތުކަމާއެކު ތެދުވާނެ ކަމަށެވެ.
އަދި އިއްޔެ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފެށުނު ހިޖުރީ އާ އަހަރަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އާ ވަރުގަދަކަމާއެކު ފެނިގެންދާނެ އަހަރެއް ކަމަށް ވިދާޅުވެފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ސިޔާސީ ދައުވާތައް ހުއްޓުމަކަށް އައިސް، ގައުމުގެ މަސްރަހަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޕާޓީގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ހާއްސަކޮށް، ތަރައްގީގެ މުހިންމު މަޝްރޫއުތައް މަޑުޖެހިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް އުފުލަމުންދާ ދައުވާތަކުގެ މައްސަލަ އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

MDP ah bireh nudhehkeyne. Rayathunge dhifaugai MDP theduvaane. pic.twitter.com/3gkUoLZ5R7
— Mohamed Nasheed (@MohamedNasheed) June 16, 2026
އަދި އިއްޔެ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފެށުނު ހިޖުރީ އާ އަހަރަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އާ ވަރުގަދަކަމާއެކު ފެނިގެންދާނެ އަހަރެއް ކަމަށް ވިދާޅުވެފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ސިޔާސީ ދައުވާތައް ހުއްޓުމަކަށް އައިސް، ގައުމުގެ މަސްރަހަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Sarukaaru hissaavaa kunfunithakuge muvazzafun’ah beyinsaafun hingamundhaa amaluthah huttaalumah govaalaa (18/6) Buraasfathi dhuvahuge rey 8:00 ga beyvvumah hamajehifaivaa muzaaharaa “Job Buraasfathi’ ge poster event miadhu (16/6) haveeru 4:00 ga MDP Harugein* fetteyne.
— MDP Secretariat (@MDPSecretariat) June 16, 2026
Baiverive…
ރޭ ބޭއްވި އެމްޑީޕީގެ ޕާޓީގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ހާއްސަކޮށް، ތަރައްގީގެ މުހިންމު މަޝްރޫއުތައް މަޑުޖެހިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް އުފުލަމުންދާ ދައުވާތަކުގެ މައްސަލަ އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު