މަސްޖިދު ޒުލައިޙާ މުޙައްމަދު' މިއަދު ހުޅުވައިފި
މަސްޖިދު ޒުލައިޙާ މުޙައްމަދު' މިއަދު ހުޅުވައިފި
ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ހޭދައާއި ދީލަތި އެހީފުޅާއެކު އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރެއްވި 'މަސްޖިދު ޒުލައިޙާ މުޙައްމަދު' މިއަދު ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އައްޑޫ ހުޅުދޫގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް މުޙައްމަދު ޞާލިޙްގެ އިތުރުން އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އޮނަރަބަލް މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކުރައްވައި، އެތަނުގައި މިފަދަ ހެޔޮ ކަމެއް ބިނާކުރެއްވިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މިއީ މުޖުތަމަޢުގެ ހެޔޮ ކަންކަމުގައި ޝާމިލުވުމަށް އަދުގެ ޒުވާން ޖީލަށް ލިބުނު ވަރަށް މުހިންމު ފިލާވަޅެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޖުމްލަ 200 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތަކީ، ހުޅުދޫގެ ރައްޔިތުންނަށް ދީނީ އަޅުކަންތައް ކުރުމަށް ލިބުނު އިތުރު ފަސޭހައެކެވެ.



ކިޔުންތެރިންގެ ހިޔާލު