ނިއު ޖާޒީގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގައި ކެޕްޓަން ކީލިއަން އެމްބާޕޭގެ ރެކޯޑް މުގުރާލި ކުޅުމާއެކު، 3-1 ގެ ނަތީޖާއަކުން ސެނެގާލް ބަލިކޮށް ފްރާންސުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޢުމުރުން 27 އަހަރުގެ ހުނަރުވެރި ފޯވާޑް އެމްބާޕޭ، މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، އޭނާ ވަނީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތް އޮލިވިއޭ ޖިރޫ ފަހަތަށް ޖައްސާލުމަށްފަހު، އެމްބާޕޭ މިހާރު ވަނީ ޤައުމީ ޓީމަށް 58 ލަނޑު ހަމަކޮށް، އޭނާގެ ކާމިޔާބު ކެރިއަރުގައި އައު މައިލްސްޓޯނެއް ޤާއިމުކޮށްފައެވެ.
މެޗުގެ ނަތީޖާއިން ފްރާންސް ކުރީގައި އޮތް ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ވަނީ ފްރާންސަށް ވަރުގަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖައްސާފައެވެ. އެފްރިކާގެ ޗެމްޕިއަނުން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ސެނެގާލްގެ ނިކޮލަސް ޖެކްސަން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ސާޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއިލާ ސާރ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
ދެވަނަ ހާފަށް ފްރާންސް ނުކުތީ ކުޅުން ވަރުގަދަކޮށް، މެޗުގެ ކޮންޓްރޯލް ހޯދުމުގެ އަޒުމުގައެވެ. މި ހާފުގެ ކުރީކޮޅު، ސެނެގާލްގެ އޭރިއާ ތެރެއިން މާނޭއާއެކު ކުރިމަތިވި ހާދިސާއެއްގައި އެމްބާޕޭ ވެއްޓުމާ ގުޅިގެން ޕެނަލްޓީއަކަށް އެދުނު ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ އަލީރޭޒާ ފަޣާނީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ނަމަވެސް، މި ނިންމުމުން ފްރާންސްގެ ކުޅުމަށް ބަދަލެއް ނައެވެ. މެޗުގެ ދެވަނަ ހާފުގެ މެދުތެރެއިން އެމްބާޕޭ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް، ސެނެގާލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލާފައެވެ. މި ލަނޑާއެކު މެޗުގެ އޮއިވަރު ފްރާންސް ކޮޅަށް އެނބުރިގެން ދިޔައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޑްލީ ބާކޯލާ ވަނީ ދެވަނަ ލަނޑެއް ޖަހައި، ފްރާންސަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސެނެގާލްގެ އިބްރާހިމް އެމްބާޔޭ ލަނޑެއް ޖަހައި، ނަތީޖާ 2-1 އަށް ބަދަލުކޮށްލުމުން ސެނެގާލަށް އުންމީދެއް ލިބުނު ނަމަވެސް، ފްރާންސުން ވަނީ މެޗުގެ ފަހުވަގުތު އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-1 ގެ ލީޑް ކަށަވަރުކޮށްފައެވެ.

ALG
ކިޔުންތެރިންގެ ހިޔާލު