މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އާ ޗެއާޕާސަންގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެ ޕާޓީ އިތުރަށް ވަރުގަދަވެގެން ދާނެކަމުގެ އުންމީދު ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު ފައިޞަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި ޕާޓީގެ ކުރިމަގުގެ މަސައްކަތްތަކާއި ހަރަކާތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ޚާއްޞަގޮތެއްގައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.
މީގެއިތުރުން އެމްޑީޕީގެ ލީޑަރޝިޕަށް ރައީސް ނަޝީދު ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ދިގު ސިޔާސީ ތަޖުރިބާގެ ބޭނުން ހިފައި، ޕާޓީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ އަމާޒެއް ކަމަށް ފައިޞަލް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިޞަލް ނަސީމް، އެމްޑީޕީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށްފަހުއެވެ. ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ޞާލިޙްގެ ރަނިންމޭޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ފައިޞަލް މިހާރު ގެންދަވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ @MDPSecretariat ގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދުއާ މިއަދު ބައްދަލުކޮށް އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، ޕާޓީ އިން ކުރިއަށް ގެންދަން ރޭވިފައި ހުރި މަސައްކަތްތަކާއި އަދި ޙަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު.
— Faisal Naseem (@FaisalNasym) June 17, 2026
ޚާއްސަކޮށް ރަށު… pic.twitter.com/KEJQJeoetH
ޚާއްޞަގޮތެއްގައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށްޓަކައި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.
މީގެއިތުރުން އެމްޑީޕީގެ ލީޑަރޝިޕަށް ރައީސް ނަޝީދު ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ދިގު ސިޔާސީ ތަޖުރިބާގެ ބޭނުން ހިފައި، ޕާޓީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަކީ އަމާޒެއް ކަމަށް ފައިޞަލް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިޞަލް ނަސީމް، އެމްޑީޕީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށްފަހުއެވެ. ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ޞާލިޙްގެ ރަނިންމޭޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ފައިޞަލް މިހާރު ގެންދަވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު