ސަރުކާރު ބަދަލުކުރެވޭނެ ތިން ގޮތެއް އެބަ އޮތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ބަދަލުކުރުމަކީ ހަމައެކަނި މަގުމަތީގެ ހަރަކާތްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެދުވެރިކޮށް ސަރުކާރު ބަދަލުކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ގައުމުގެ ހާލަތަށް ބައްލަވައި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީވެސް ވެރިކަން ބަދަލުވެދާނެ ގޮތެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
ސަރުކާރު ވައްޓާލަން އުޅޭކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ޣައިރު ޤާނޫނީ އެއްވެސް އަމަލެއް ހިންގުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުގެ ނެތް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިސްރާބު ހުރި ގޮތުން، ބޭރުގެ ފަރާތަކުން މަސައްކަތް ނުކުރި ނަމަވެސް ސަރުކާރު އަމިއްލައަށް "ވެއްޓުމުގެ" ބިރު ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސިޔާސީ މަގުބޫލުކަން ކުޑަވަމުންދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ސަރުކާރުގެ މުހިންމު ނިންމުންތައް ނިންމަވަނީ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ. އަދި ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުންނާ މަޝްވަރާކުރުމެއް ނެތި ކަންކަން ނިންމެވުމުގެ ސަބަބުން، ރައީސް މުޢިއްޒު މިހާރު ހުންނެވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި އެކަނިވެރިކަމުގެ ސަބަބުން ގައުމުގެ ހަގީގީ ހާލަތު ރައީސަށް އޮޅުންނުފިލާ ކަމަށާއި، ސަރުކާރުގެ ބާރުތައް ބައިބައިވެ އަމިއްލައަށް ނިމުމަކަށް އަތުވެދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރަންޖެހޭނީ ރައީސް މުޢިއްޒު ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު