ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ފެނިފައިވާ އެންމެ ބޭވަފާތެރި ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، ރައީސް މުއިއްޒަކީ ބޭވަފާތެރިއެއް ކަމަށާއި، އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައި ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ތާއީދު ކުރައްވައެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާއި އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ ރައީސް މުއިއްޒުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ރައީސް މުއިއްޒާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ސައްތަ އިން ސައްތަ ތެދު ވާހަކަތަކެއް ކަމަށެވެ. "ދިވެހިރާއްޖޭގެ ތާރީޚުގައި މުއިއްޒު ފަދައިން މީހަކު ބޭވަފާތެރި ނުވާ" ކަމަށް ވިދާޅުވެ، ޖަމީލް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖަމީލް އިތުރަށް ސިފަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ އެމަނިކުފާނަށް ލިބުނު އިހްސާންތެރިކަމުގެ ބަދަލުގައި "ތެޔޮހަމެއް" ދެއްވި ބޭފުޅެކެވެ.

"ރައީސް ޔާމީނުގެ ހުސް ގޮނޑި ތާއަބަދަށް މުއިއްޒުގެ ޚަސީލަތުގެ ނުބައިކަން ހަނދާން ކޮށްދޭނެ،" ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައީސް މުއިއްޒުގެ ސިޔާސީ އުޅުމާއި މިޒާޖަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު