މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މުޒާހަރާއާ ދިމާކޮށް، މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތައް ބަންދުކުރަން ހަމަޖެހިފައިވަނީ މިރޭ 8:00 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށެވެ.
މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 20:00 އިން 00:00 އަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވާކަމަށް ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ނަމަވެސް، ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި ބަންދުކުރަނީ ކޮން ސަރަހައްދުތަކެއްކަން އަދި އެކަމުގެ ސީދާ ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ އޮންނާނީ ރަސްފަންނު ސަރަހައްދުގައި މިރޭ 8:30 ގައެވެ. މި މުޒާހަރާގެ މަގުސަދަކީ ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައާ ދެކޮޅަށް އަޑުއުފުލުމެވެ. މައުލޫމާތު ލިބޭ ގޮތުގައި، ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި އެކަނިވެސް 14 މީހަކު ވަޒީފާއިން ވަކިކޮށް، 7 މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެއްވެ އުޅުން ހަނިކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން، ސުލްހަވެރިކަމާއެކު އެއްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނުގައި ވެސް އެއްވުމަށް ޖާގަ ދީފައިވާ ކަމަށާއި އެއްވުންތައް މުޅިން މަނާ ނުކުރެވޭނެ ކަމަށެވެ.

މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ 20:00 އިން 00:00 އަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމަވެ.
— Maldives Police (@PoliceMv) June 18, 2026
ނަމަވެސް، ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި ބަންދުކުރަނީ ކޮން ސަރަހައްދުތަކެއްކަން އަދި އެކަމުގެ ސީދާ ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ އޮންނާނީ ރަސްފަންނު ސަރަހައްދުގައި މިރޭ 8:30 ގައެވެ. މި މުޒާހަރާގެ މަގުސަދަކީ ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައާ ދެކޮޅަށް އަޑުއުފުލުމެވެ. މައުލޫމާތު ލިބޭ ގޮތުގައި، ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި އެކަނިވެސް 14 މީހަކު ވަޒީފާއިން ވަކިކޮށް، 7 މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެއްވެ އުޅުން ހަނިކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން، ސުލްހަވެރިކަމާއެކު އެއްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނުގައި ވެސް އެއްވުމަށް ޖާގަ ދީފައިވާ ކަމަށާއި އެއްވުންތައް މުޅިން މަނާ ނުކުރެވޭނެ ކަމަށެވެ.

RSA
ކިޔުންތެރިންގެ ހިޔާލު