2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމަށް ކުރިމަތިވަމުންދާ ދަތުރުފަތުރުގެ ދަތިތަކާ ގުޅިގެން، ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހެޅުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. އެ ފެޑެރޭޝަނުން ފާހަގަކުރި ގޮތުގައި، މި ހުރަސްތަކުގެ ސަބަބުން މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކާ އަޅާބަލާއިރު އީރާނަށް ބޮޑެތި ފުށުއެރުންތަކަކާއި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ފުޓްބޯލް ފެޑެރޭޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އީރާން (އެފް.އެފް.އައި.އާރު.އައި) އިން ބުނި ގޮތުގައި، މި ފިޔަވަޅުތަކަކީ ހުރިހާ ޓީމުތަކަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު ކަންކަމެވެ. މީގެ ސަބަބުން ކުޅުންތެރިންގެ ތައްޔާރުވުމަށާއި މުބާރާތުގެ ކުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުންވެސް އެ ފަރާތުން ފާޅުކުރިއެވެ.
ވިސާގެ ކަންކަން ހަމަޖެހިފައިވާ ގޮތުން، އީރާނުގެ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބެނީ މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ނިމޭ ދުވަހު އެ ގައުމުން ފުރަން ޖެހޭ ގޮތަށް ވަނީ މަޖުބޫރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.
މި މައްސަލަ އިތުރަށް ހޫނުވީ ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެންނެވެ. އެ ޓީމުގެ ހެޑް ކޯޗު އާމިރު ގަލެނޯއީ ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ މި ހުރަސްތަކުގެ ސަބަބުން އީރާނަކީ މި މުބާރާތުގައި އެންމެ ބޮޑަށް ބާކީކޮށް، ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޓީމެވެ.
އީރާނުގެ ފެޑެރޭޝަނުން މެޗު އޮންނަ ސިޓީތަކަށް ދެ ދުވަސް ކުރިން ދިއުމަށާއި، މެޗަށްފަހު އަރާމުކޮށް މާހައުލަށް ހޭނުމަށް އިތުރު ދުވަހަކު މަޑުކުރުމުގެ ހުއްދައަށް އެދި ތަކުރާރުކޮށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުންތައް ވަނީ ބޭރުކޮށްލާފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އީރާނުގެ ތައްޔާރީތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިގޮތުން އެމެރިކާގެ އެރިޒޯނާގައި ގާއިމުކުރަން ނިންމި ބޭސް ކޭމްޕްވެސް ވަނީ މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކުރަން ޖެހިފައެވެ. އަދި ބައެއް މުހިންމު އޮފިޝަލުންނަށް ވިސާ ނުލިބުމާއި، މުބާރާތުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓިކެޓްތަކެއް ކެންސަލްވުމުންވެސް އީރާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އީރާނުން ފީފާގެ ކިބައިން އެދެނީ ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދިނުމަށެވެ. މި މައްސަލަތަކާ ގުޅިގެން މަޝްވަރާތައް ކުރިއަށްދާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނު ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރައްވާފައެވެ. އީރާނުގެ އުންމީދަކީ ކުރިއަށް ހުރި މެޗުތަކުގައި މި ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދިއުމެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު