ވިލިގިލީ ދާއިރާގެ މެމްބަރު އާޒިމް ޢަބްދުލްޢަޒީޒް
ވިލިގިލީ ދާއިރާގެ މެމްބަރު އާޒިމް ޢަބްދުލްޢަޒީޒް
ސަރުކާރު ހިންގަމުންދާ ގޮތާމެދު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ވިލިނގިލީ ދާއިރާގެ މެމްބަރު އާޒިމް ޢަބްދުލްޢަޒީޒް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ގައުމުގައި އިންގިލާބެއް އުފެދެމުންދާ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، އިންގިލާބު ގެންނަން އުޅޭ ފަރާތްތަކަށް އެފަދަ ކަމެއް ކުރުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށާއި، މިހާތަނަށް އެމްޑީޕީން އިންގިލާބެއް ގެނެސްފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

އާޒިމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، އިންގިލާބު ގެނައުމާ ގުޅޭ ހުނަރުތަކާއި ފަންނުވެރިން ތިބީ ވެސް އެމްޑީޕީގައި ނޫން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން އިންގިލާބަކުން ވައްޓާލެވިދާނެ ކަމަށް ހީފުޅު ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް އޭނާ ގޮވާލެއްވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެފަދަ ކަމެއް ވާން އުޅޭކަމަށް ދައްކާ ވާހަކަތަކަކީ ހަމައެކަނި ދޮގު ވާހަކަތަކެއް ކަމަށާއި، މިހާރުވެސް ތިބީ ވަރަށް ސާބިތުކަމާއެކު ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށް އޭނާ ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު