ބޭއަދަބީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުން އީރާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަރަސްތޫ އަޙްމަދީއަށް 74 އެތިފަހަރުން ހައްދު ޖެހުމަށް އީރާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ 2024 ވަނަ އަހަރު ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ގެނެސްދިން ކޮންސާޓެއްގައި، ބޯ ނިވާނުކޮށް (ހިޖާބު ނާޅާ) ލަވަ ހުށަހެޅުމާ ގުޅިގެން އީރާނުގެ ގޮމް ޕްރޮވިންސްގެ ކްރިމިނަލް ކޯޓަކުންނެވެ.
މި އަދަބުގެ އިތުރުން، އޭނާ ދެ އަހަރު ދުވަހަށް ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށް، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަންނީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް ކޯޓުން ވަނީ މަނާކޮށްފައެވެ.
މި މައްސަލަ ފެށިގެން އައީ، ޕަރަސްތޫ 2024 ވަނަ އަހަރު ޑިސެމްބަރު މަހު ހުށަހަޅައިދިން "އަޒް ޚޫނޭ ޖަވާނާނޭ ވަތަން" (ގައުމުގެ ޒުވާނުންގެ ލޭން) މި ނަމުން މަޝްހޫރު ޤައުމީ ލަވަ، ހިޖާބު ނާޅާ ހުރެ އާންމުންނަށް ހުށަހަޅައިދިނުމުންނެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަމަލަކީ "ބޭއަދަބީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު" ކޮންޓެންޓް އާންމުކުރުމެވެ. މި ހުކުމާ ގުޅިގެން ޕަރަސްތޫގެ އިތުރުން އޭނާގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ އަށް މީހަކަށް ވެސް ހަމަ މިފަދަ އަދަބުތައް ވަނީ ކަނޑައަޅާފައެވެ.
މި ހުކުމަކީ ފަންނީ މިނިވަންކަމާއި އަންހެނުންގެ ހައްގުތައް ހަނިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އަންހެނުން ލަވަކިޔުމާއި މިއުޒިކް ހުށަހެޅުމަކީ އީރާނުގެ ގާނޫނުގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. މި މައްސަލައާއެކު އީރާނުގެ ހިޖާބު އެޅުމުގެ ގާނޫނުތަކާއި، އަންހެން ފަންނާނުންނަށް އޮތް ހުރަސްތަކާ މެދު އަލުން ބަހުސްތައް ވަނީ ފެށިފައެވެ.

PAR
ކިޔުންތެރިންގެ ހިޔާލު