ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ބ. އަތޮޅުގެ ރައްޔިތުންނަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓާ ހަވާލުވާ ރަށް ނުވަތަ "ކަލެކްޝަން ޕޮއިންޓް" އެއްގެ ގޮތުގައި މިހާރު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް އިޚްތިޔާރު ކުރެވޭނެއެވެ.



ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާހް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުން މިފަދަ އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމެވެ. މީގެ ކުރިން ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް، މި އައު އިންތިޒާމާއެކު ރައްޔިތުން އުފުލަމުންދިޔަ މާލީ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު