ދިވެހި ފުލުހުން
ދިވެހި ފުލުހުން
ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކު، ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ދޫކޮށްލުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:37 ހާއިރުއެވެ. މި ހާދިސާގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެ ދެ މީހުންގެ ހާލުވެސް ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފަހުން ހާމަކުރި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ދޫކޮށްލުމާއެކު، އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރީ މި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލަ ފުލުހުންނާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު