މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ”މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލު“ އަކީ އީ-ވޯޓިން ނިޒާމެއް ތައާރަފުކުރުމުގެ އެއްވެސް މަގުސަދެއް އޮވެގެން ހުށަހެޅި ބިލެއް ނޫން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މުސްޠަފާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމުގައި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި ވެސް އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.
މި ބިލުގެ މަގުސަދަކީ ދައުލަތުގެ އިދާރާތައް ޑިޖިޓަލައިޒްކޮށް، ”ޑިޖިޓަލް ގަވަރނަންސް“ އެއް ގާއިމުކުރުން ކަމަށް މުސްޠަފާ ފާހަގަކުރެއްވިއެވެ. އެގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވޭނެ އިންޓައޮޕަރަބަލް ނިޒާމެއް ގާއިމުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހަލުވިކުރުމަކީ މި ބިލުގެ އެންމެ މުހިންމު އެއް އަމާޒެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަމުން އައި ނަމަވެސް، ކުރީގެ ސަރުކާރުތަކުން ޑިޖިޓަލް އިންފްރަސްޓްރަކްޗަރ ހަރުދަނާކޮށް، އެކަމުން އަންނަ ނުރައްކާތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައި ނުވާކަމަށް މުސްޠަފާ ވިދާޅުވިއެވެ.
މި ބިލު ފާސްވެގެން ދިއުމުން ދައުލަތުގެ ހިންގުން ޒަމާނީވެ، ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަން ނައްތާލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު