ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ގަވަނަންސް ބިލުގެ ސަބަބުން، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލަސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ އިތުބާރުހުރި އަދި ރައްކާތެރި ނިޒާމެއްގެ ތެރެއިން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމެވެ.
މި ބިލު ފާސްވެ އަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް ޑިޖިޓަލް ސާވިސް" (އެމްޑީއެސް) ގެ ނަމުގައި އާ އިދާރާއެއް އުފެދިގެންދާނެ އެވެ. ދާހިލީ ވުޒާރާގެ ދަށުން މިހާރު ހިނގަމުންދާ ޑިޖިޓަލް ޚިދުމަތްތައް މި އިދާރާއަށް ބަދަލުކުރެވޭނެއެވެ.
މި އިދާރާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ "ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ. މީގެ އިތުރުން، ދައުލަތުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ސިޓިޒަން ޕޯޓަލެއް ގާއިމުކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ރައްކާތެރިކަމާއެކު މުއާމަލާތްކުރެވޭނެ އޮނިގަނޑެއް އެކުލަވާލުން މި ބިލުގައި ލާޒިމުކޮށްފައިވެއެވެ.
ބިލާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ، މިހާރު ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. "ބައެއް ކަންކަން ސާފުކުރަން އޮފީހަކަށް ގުޅާލީމަ، ދެ ދުވަސް، ދިހަ ދުވަސް ވެގެންދާއިރުވެސް އެކަމާ ބެހޭ މަޢުލޫމާތެއް ސާފުވާގޮތެއް ނުވޭ.
އެކަމާ ބެހޭ މުވައްޒަފު އެއް ދުވަހު ސަލާމުގައި، އަނެއް ދުވަހު އާއިލީ ޒިންމާ ޗުއްޓީގައި ނުވަތަ އެހެން ކަމެއްގައި ހުރުމުން އެކަންކަން ދިގުލައިގެން ދަނީ،" ސައުދުﷲ ފާހަގަކުރެއްވި އެވެ.
ނަމަވެސް، މި ޑިޖިޓަލް ބަދަލާއެކު ރައްޔިތުން ވަކި މުވައްޒަފަކަށް ބަރޯސާވެ، ގުޅަން ނުޖެހޭނެ ކަމަށާއި، ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހައިން ޑޭޓާ ހިއްސާކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީވެ، ހަރުދަނާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔެއާ ގުޅިފައިވާ މި ޒަމާނުގައި މިފަދަ ގާނޫނީ އޮނިގަނޑެއް އޮތުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމުގައި ސައުދުﷲ ފާހަގަކުރެއްވި އެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު