އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓުގެ ތޫތުކުޑީ އެއާޕޯޓު (ވޭގައިކުލަމް) ސަރަހައްދު
އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓުގެ ތޫތުކުޑީ އެއާޕޯޓު (ވޭގައިކުލަމް) ސަރަހައްދު
އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓުގެ ތޫތުކުޑީ އެއާޕޯޓު (ވޭގައިކުލަމް) ސަރަހައްދަށް ވަރަށް ނާދިރު އަދި ބާރުގަދަ ވައިގަދަ ނަގޫރޯޅިއެއް އަރައި، އެ ސަރަހައްދުގެ އާންމު ހާލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށާއި، މި ކަމުގެ ސަބަބުން ގަސްގަހާގެއްސާއި ކަރަންޓު ވިއުގަތަކަށާއި އިމާރާތްތަކުގެ ފުރާޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވަޔާއެކު އުފެދުނު ބާރުގަދަ ވައިގެ އަސަރު އެންމެ ބޮޑަށް ފޯރީ އެއާޕޯޓު ކައިރީގައި އޮންނަ ވޭގައިކުލަމް ޓޯލް ޕްލާޒާ ސަރަހައްދަށާއި ކައިރީގައި ހުރި ތީމް ޕާކަކަށެވެ.

މި ހާދިސާގައި 6 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯތައް އާންމުވެ، މިއީ ވަރަށް ނާދިރު ޓޮނާޑޯއެއް ކަމަށް ގިނަ ބަޔަކު ސިފަކުރި ނަމަވެސް، އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ މިއީ "ޓޮނާޑޯ"އެއް ނޫން ކަމަށް ބުނެފައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، މިއީ ވަރަށް ބާރުގަދަ ވިއްސާރަ ވިލާގަނޑެއްގެ ތެރެއިން އުފެދުނު "ކޮންވެކްޓިވް ވޯޓެކްސް" ނުވަތަ ވައިގެ ބާރުގަދަ ހަލަބޮލިކަމެއްގެ ސަބަބުން ހިނގި ކަމެކެވެ.

ކިއުމިއުލޮނިމްބަސް ވިލާގަނޑުގެ ދަށުން އުފެދުނު ވައިގެ ބާރުގަދަ ދައުރުވުމަކީ މިފަދަ ހަލަބޮލިކަން އުފެދެން މެދުވެރިވި މައިގަނޑު ސަބަބު ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެއެވެ. ޓޮނާޑޯއަކާ އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، މިއީ އެއަށްވުރެ ކުރު މުއްދަތަކަށް އަދި ވަކި ސަރަހައްދަކަށް ކުރިމަތިވި މޫސުމީ ހާދިސާއެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު