ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް 'އައި' ގައި ފްރާންސާއި އިރާގު ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފްރާންސުން މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. ފިލަޑެލްފިއާގައި ކުޅުނު މި މެޗުގައި ފްރާންސްގެ ފަރާތުން ފެނުނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު މޮޅު ކުޅުމެކެވެ.
ފްރާންސް ޓީމަށް ލީޑު ހޯދައިދިނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އެމްބާޕޭގެ ބާރުމިނާއި ހުށިޔާރު ކުޅުމުގެ ސަބަބުން އިރާގުގެ ޑިފެންސަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރު، ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބޭލޭއެވެ.
މެޗުގެ މެދުތެރެއިން މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރުމުގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުމުން ހާފް-ޓައިމް ބްރޭކް ދިގުވެގެން ދިޔައެވެ. ނަމަވެސް، ކުޅުން އަލުން ފެށުމާއެކުވެސް ފްރާންސްގެ ކުޅުންތެރިން ވަނީ އެ ފޯރީގައި ކުޅުން ކުރިއަށް ގެންގޮސް، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އިރާގުން ދިފާއީ ގޮތުން ހިތްވަރުގަދަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފްރާންސްގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި އެ ޓީމަށް ކާމިޔާބެއް ނުލިބުނެވެ.
މި މޮޅާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށް، ފްރާންސް މިހާރު ވަނީ މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ. މި ނަތީޖާއާއެކު ފްރާންސް ވެފައިވަނީ މި ފަހަރުގެ މުބާރާތުގެ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމަށެވެ.
މި ބައްޔާއެކު އިރާގަށް ދެން އޮތް ބުރަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެ ޓީމަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވުން މިހާރު ވަނީ މަޖުބޫރުވެފައެވެ.
ފްރާންސް ފުރިހަމަ އިތުބާރާއެކު ނޮކައުޓް ބުރަށް ދަތުރުކުރިއިރު، އިރާގަށް ދެން އޮތީ މުބާރާތުގައި ދެމިއޮތުމަށްޓަކައި ކުޅެންޖެހޭ ވަރަށް މުހިންމު ފަހު ކުރިމަތިލުމެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހު ސެނެގަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު