ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށް، އޭގެ އަގު ހެޔޮކުރުމަށް ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުތައް އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ޖަވާބު ދެއްވުމަށް މިއަދުގެ ޖަލްސާއަށް ތައްޔާރުވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ފަހުން ލިޔުމުން ޖަވާބު ފޮނުއްވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަކުރުމަށާއި، ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ހިމަނައިފަ އެވެ.
މި ބަދަލުތައް އައުމުން ސިނގިރޭޓުން ނަގާ ޖުމްލަ ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެ އެވެ. މީގެ އިތުރުން، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ސިނގިރޭޓާ އެއްވަރަކަށް ކުޑަކުރުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
މި ބިލު ފާސްވެ ތަންފީޒު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އިސްލާހުކޮށް، ސިނގިރޭޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު