އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނިންމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ޝަކީލް އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 7 މެންބަރުންނެވެ.
އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެންނަ ބޭފުޅެއްގެ ގޮތުގައި މުހައްމަދު ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ވަނީ ޝަކީލަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި އިއްޔެ މަޖިލިސް ތަޅުމަށް ރިޕޯޓް ހުށަހަޅާފައެވެ.
މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 އިން 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ކުރެއްވުމަށްފަހު، ޑިސެމްބަރު 2014 އިން މެއި 2018 އަށް އޭނާ ވަނީ ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ.
އީސީގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު