ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ)
ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ)
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ) ގެ މައްޗަށެވެ.

ފުލުހުންގެ ޚިދުމަތުން ބުނި، މި މައްސަލައަކީ 12 ޖަނަވަރީ 2023 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ޢަލީ އިބްރާހީމްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 13 މާރިޗު 2023 ގައެވެ.

ކޯޓުން އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވަނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 100,000 (އެއްލައްކަ) ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށެވެ. މި ހުކުމް އިއްވާފައިވަނީ 21 ޖޫން 2026 ގައެވެ.

މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން ކުރި ހުކުމުގައި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު