ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް، ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރަށްވައިފިއެވެ. ޒައިނާ މި މަގާމަށް އައްޔަން ކުރަށްވާފައިވަނީ ބޭންކިން ދާއިރާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
ޒައިނާ އަބްދުﷲ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. ޕީސީބީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ.
މީގެ ކުރިން ވެސް ޒައިނާ ވަނީ ޕީސީބީގެ ސީނިއަ އޮފިސަރެއްގެ މަގާމު އަދާކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް، އިވެލުއޭޓް ކުރުމުގެ އިތުރުން، ކުންފުނިތަކުގެ މާލީ ބަޔާންތަކާއި ބަޖެޓުތަކާއި ބިޒްނަސް ޕްލޭންތައް ދިރާސާކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރަށްވާފައެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ރޭވުމުގައި ވެސް އޭނާ އިސްކޮށް މަސައްކަތް ކުރަށްވާފައިވެއެވެ.
ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސްގެ ދާއިރާއިން ވެސް އޭނާ ވަނީ މަތީ ތައުލީމު ހާސިލުކުރަށްވާފައެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު