މ. ވާރޭވިލާ، ޢާއިޝަތު ޢަލީ
މ. ވާރޭވިލާ، ޢާއިޝަތު ޢަލީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މ. ވާރޭވިލާ، ޢާއިޝަތު ޢަލީ މިއަދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުގެ މަގާމުން ޢާއިޝަތު ޢަލީ ވަކިކުރަން ނިންމައި، އެ ނިންމުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައި ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

ޢާއިޝަތު ޢަލީ އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާއާ އެކު އެ ދުވަހު އިތުރު ތިން ބޭފުޅަކު ވެސް ބޯޑަށް އައްޔަނު ކުރެއްވިއެވެ. އެއީ ޢަލީ ޝިނާން، ހުދާ ފަހްމީ އަދި ޢާއިޝަތު މަލްހާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ ކުންފުންޏެވެ.



ކިޔުންތެރިންގެ ހިޔާލު