އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ވަފުދަކާއި ވިލާތުގެ އިއްތިހާދު (އީޔޫ) އާ ދެމެދު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ސިއްރު މަޝްވަރާތަކެއް ބާއްވައިފިއެވެ. މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން، ބްރަސަލްސްގައި އެ އިއްތިހާދާ އެކު ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވިލާތުގެ ގައުމުތަކުގައި ތިބި އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން، ހިމާޔަތް ނުލިބޭ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާ (ޑީޕޯޓްކުރުން) ގުޅޭގޮތުންނެވެ. ތާލިބާން ސަރުކާރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ގަހާރު ބަލްޚީ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގެ ތެރެއިން ދެފަރާތުގެ މެދުގައި އިތުބާރު އުފެއްދުމަށާއި، ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކުރުމާ މެދު ވެސް ވާހަކަދެކެވުނެވެ.
އީޔޫގެ 27 ގައުމުގެ ތެރެއިން 15 ގައުމަކުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އީޔޫއިން ހާމަކުރި ގޮތުގައި މިއީ އެ އިއްތިހާދުގެ ގިނަ ގައުމުތަކަކުން އެދިގެން، ހިޖުރަވެރިންގެ މައްސަލަ ހައްލުކުރުމަށް ބޭއްވި "ޓެކްނިކަލް" ފެންވަރުގެ މަޝްވަރާތަކެކެވެ.
މި ބައްދަލުވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި، ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ މަލާލާ ޔޫސުފްޒާއީ ފަދަ ފަރާތްތަކުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ ދަނޑިވަޅެއްގައި ތާލިބާނުންނާ މަޝްވަރާކުރުމަކީ އެ މީހުންގެ ސަރުކާރަށް ގާނޫނީ ހައިސިއްޔަތެއް ދިނުން ފަދަ ކަމެކެވެ. އަދި ނުރައްކާތެރި ހާލަތެއްގައި އޮތް ގައުމަކަށް މީހުން މަޖުބޫރުން ފޮނުވާލުމަކީ އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ވިލާތުގެ އެއްވެސް ގައުމަކުން އަދި ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައެއް ނުގަނެއެވެ. ބެލްޖިއަމްގެ ސަރުކާރުން ބުނެފައިވަނީ ތާލިބާނުންގެ ވަފުދަށް ވިސާ ދޫކުރީ އީޔޫގެ އެދުމުގެ މަތިން ކަމަށާއި، އެއީ އެ ސަރުކާރު ބަލައިގަތުން ނޫން ކަމަށެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ވިލާތުގެ ގައުމުތަކަށް ހިޖުރަކުރާ އަފްޣާނިސްތާނު މީހުންގެ އަދަދު އިތުރުވެ، އެ ގައުމުތަކުގެ ސަރުކާރުތަކަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން، ތާލިބާނުން ބޭނުންވަނީ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގައުމަށް ބޭނުންވާ އިންސާނީ އެހީތެރިކަން ހޯދުމަށެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު