ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް އައްޔަނު ކުރަށްވާފައިވާ މުޙައްމަދު ނިޒާރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނިޒާރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމާފައިވަނީ އޭނާއަށް ރުހުން ދިނުމަށެވެ. މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ނިޒާރަށް ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ވޯޓުންނެވެ.
ޕީސީބީގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކޮށްފައިމިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް މިދިޔަ އޭޕްރިލް މަހުގެ 30ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި އާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި ސަރުކާރުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ މާހިރެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް އޭނާ ވަނީ ޕީސީބީގެ ރައީސްކަން ކުރަށްވައި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަށްވާފައެވެ.
ހަމައެއާއެކު ނިޒާރު ވަނީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިސް އެގްޒެކެޓިވް މަޤާމުތަކެއް ފުރުއްވާފައެވެ.
ނިޒާރު ވަނީ މޯލްޑިވްސް ގޭސް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް މަސައްކަތް ކުރަށްވާފައެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު