2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގެ ފަހު މެޗުގައި ގަތަރުގެ މައްޗަށް 3-1 އިން ކުރި ހޯދައި، ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އިން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. މި ނަތީޖާއާއެކު ގަތަރު ވަނީ މުބާރާތުން ކަޓާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބޮސްނިއާ އިން ވަނީ ކުޅުން ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އަލައިބެގޮވިޗް ފޮނުވާލި ބާރު ހަމަލާއަކުން ބޮސްނިއާ އިން ވަނީ ލީޑު ނަގާފައެވެ. އޭގެ ފަސް މިނެޓު ފަހުން، ގަތަރުގެ އަލްބްރޭކް އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ބޮސްނިއާގެ ލީޑު ދެގުނައަށް ފުޅާވިއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، 42 ވަނަ މިނެޓުގައި ގަތަރުގެ ތަޖުރިބާކާރު ކެޕްޓަން ހަސަން އަލް ހައިދޯސް ވަނީ ލަނޑެއް ޖަހައި، ގަތަރަށް މެޗުގެ ތެރެއަށް އެނބުރި އައުމުގެ އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގައިވެސް ބޮސްނިއާ ފެނުނީ ވަރުގަދަކޮށެވެ.
ބޮސްނިއާގެ މޮޅު ކަށަވަރުވެގެންދިޔައީ މެޗުގެ 80 ވަނަ މިނެޓުގައި މަހްމިޗް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާއެކު ބޮސްނިއާ އިން ވަނީ ދެ ލަނޑުގެ ލީޑެއް އަލުން ހޯދައި، މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި މެޗަކީ ބޮސްނިއާގެ ކެޕްޓަން އެޑިން ޒެކޯއަށް ހާއްސަ މެޗެކެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 150 ވަނަ ބައިނަލްއަގުވާމީ މެޗެވެ.
މި މޮޅާއެކު ބޮސްނިއާ އިން ގްރޫޕް ސްޓޭޖު ނިންމާލީ ހަތަރު ޕޮއިންޓާއެކުގައެވެ. އެޓީމު ދެވަނަ ބުރަށް ދަތުރުކުރާނެކަން ކަށަވަރުވާނީ ގްރޫޕްގެ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އަނެއްކޮޅުން، ގަތަރު މުބާރާތުން ވަކިވާން ޖެހުނީ ގްރޫޕް ބީގެ ފުލުގައި އޮވެގެންނެވެ.

KOR
MEX
ކިޔުންތެރިންގެ ހިޔާލު