ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ، ވޭތުވެދިޔަ 18 އަހަރު ސިޔާސީ ޕާޓީތަކުން ހިންގި އިސްރާފު ބޮޑު އަދި ކޮރަޕްޝަން ބޮޑު ސަރުކާރުތަކުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކާ ހަވާލާދީ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން އުމަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ދިޔައީ ސިޔާސީ ޕާޓީތަކުން ގައުމު ހިންގުމުގައި ގެންގުޅުނު ހަރަދުބޮޑު ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އައިއެމްއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތް ގައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 125.4 އިންސައްތައިގައެވެ. މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކަންބޮޑުވާންޖެހޭ މިންވަރެއްގެ މަތީ އަދަދެކެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ކައިރިން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް ބޫޓާނުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103.6 އިންސައްތައިގައެވެ. ތިންވަނައަށް އެންމެ ދަރަނި ބޮޑު އިންޑިއާގެ ދަރަނި 84.1 އިންސައްތައިގައި ހުރިއިރު، ޕާކިސްތާނުގެ ދަރަނި ހުރީ 72.8 އިންސައްތައިގައެވެ. އަދި ނޭޕާލުގެ ދަރަނި ހުރީ 48.1 އިންސައްތައިގައެވެ.
ސަރަހައްދުގެ ބޮޑެތި އިގްތިސާދުތަކާ އަޅާބަލާއިރު، ބަންގްލަދޭޝް ފާހަގަކުރެވެނީ ދަރަނި ވަރަށް ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާ ނަމޫނާ ގައުމެއްގެ ގޮތުގައެވެ. އެ ގައުމުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުރީ އެންމެ 42 އިންސައްތައިގައެވެ. އައިއެމްއެފުން ފާހަގަކުރާ ގޮތުގައި ދަރަނި ކުޑަކޮށް ހިފެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި ބަންގްލަދޭޝަށް ބޮޑެތި ލުއިފަސޭހަތަކާއި ފުރުސަތުތައް ވަނީ ލިބިފައެވެ.
ރާއްޖޭގެ ދަރަނި މިހާ މަތީގައި ހުރިއިރު، މިކަމުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި މާލީ މާހިރުން ފާހަގަކުރެއެވެ. އުމަރު ނަސީރުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރަމުންމިދާ ސިޔާސީ ޕާޓީތަކުގެ ނިޒާމަށެވެ.

ދެކުނު އޭޝިޔާ ޤައުމު ތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ޤައުމަކަށް ރާއްޖެވީ ސިޔާސީ ޕާޓީ ތަކުން، ވޭތުވި 18 އަހަރު ހިންގި ޙަރަދުބޮޑު، އިސްރާފު ބޮޑު، ކޮރަޕްޝަންބޮޑު ސަރުކާރު ތަކުގެ ސަބަބުން. pic.twitter.com/CQGTRpWgR6
— Umar Naseer (@UmarNaseerMV) June 25, 2026
މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ކައިރިން ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް ބޫޓާނުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 103.6 އިންސައްތައިގައެވެ. ތިންވަނައަށް އެންމެ ދަރަނި ބޮޑު އިންޑިއާގެ ދަރަނި 84.1 އިންސައްތައިގައި ހުރިއިރު، ޕާކިސްތާނުގެ ދަރަނި ހުރީ 72.8 އިންސައްތައިގައެވެ. އަދި ނޭޕާލުގެ ދަރަނި ހުރީ 48.1 އިންސައްތައިގައެވެ.
ސަރަހައްދުގެ ބޮޑެތި އިގްތިސާދުތަކާ އަޅާބަލާއިރު، ބަންގްލަދޭޝް ފާހަގަކުރެވެނީ ދަރަނި ވަރަށް ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާ ނަމޫނާ ގައުމެއްގެ ގޮތުގައެވެ. އެ ގައުމުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުރީ އެންމެ 42 އިންސައްތައިގައެވެ. އައިއެމްއެފުން ފާހަގަކުރާ ގޮތުގައި ދަރަނި ކުޑަކޮށް ހިފެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި ބަންގްލަދޭޝަށް ބޮޑެތި ލުއިފަސޭހަތަކާއި ފުރުސަތުތައް ވަނީ ލިބިފައެވެ.
ރާއްޖޭގެ ދަރަނި މިހާ މަތީގައި ހުރިއިރު، މިކަމުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި މާލީ މާހިރުން ފާހަގަކުރެއެވެ. އުމަރު ނަސީރުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރަމުންމިދާ ސިޔާސީ ޕާޓީތަކުގެ ނިޒާމަށެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު