ދިވެހިރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް މާކެޓިންގ އެގްޒެކެޓިވްއަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ބޭންކުން ކުރި އިއުލާނެއްގައި ވަނީ، މިއީ މާލޭގައި މަސައްކަތް ކުރަންޖެހޭ، އެއް އަހަރު ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓް މަގާމެއް ކަމަށެވެ. މި މަގާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބޭންކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓް ބެލެހެއްޓުމާއި، އެކި އިވެންޓްތައް ރޭވުމާއި، ނޫސްބަޔާންތައް ތައްޔާރުކުރުމާއި، މީޑިއާ ގުޅުންތައް ވަރުގަދަކުރުމުގެ އިތުރުން މާކެޓިންގ ކެމްޕޭންތައް ހިންގުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ސެޓްފިކެޓެއް އޮތުމާއެކު، އޭލެވެލް އިނގިރޭސި ފާހެއް އޮންނަން ޖެހެއެވެ. އަދި މި ދާއިރާތަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބޭންކުން ބުނެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ މެނޭޖްކުރުމާއި މާކެޓިންގ ކެމްޕޭންތައް ހިންގުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުންނަންވާނެއެވެ.
މި މަގާމުގެ މުސާރައަކީ މަހަކު 20،000 އާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. މުސާރަ ކަނޑައަޅާނީ ކުރިމަތިލާ ފަރާތުގެ ފެންވަރާއި ތަޖުރިބާއަށް ބަލާފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން [email protected] މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ޑީބީއެމްއިން ވަނީ 13 މަގާމަކަށް މީހުން ހޯދަން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި މެނޭޖީރިއަލް ލެވެލްގެ 10 މަގާމަކާއި، ފްރަންޓް އޮފީސް އެގްޒެކެޓިވް އަދި މާކެޓިންގ އެގްޒެކެޓިވްގެ މަގާމުތައް ހިމެނެއެވެ. މެނޭޖަރުންގެ މުސާރައަކީ 35،000 އާއި 45،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ބޭންކު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. އެސްޓީއޯ އެލައިޑް ބިލްޑިންގގައި ގާއިމުކޮށްފައިވާ މި ބޭންކަށް ކުލީގެ ގޮތުގައި މަހަކު 75،892 ރުފިޔާ ދައްކަން ޖެހެއެވެ.
ބޭންކުގެ ޚިދުމަތްތައް އަދި ރަސްމީކޮށް ފަށާފައި ނުވާއިރު، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ބޭންކުގެ އޮޕަރޭޝަންތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ނަމަވެސް ވަކި ތާރީޚެއް ހާމަކުރަށްވާފައެއް ނުވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެއްވެސް ޚިދުމަތެއް ނުދީ ބޭންކު ހިންގި ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު