ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން، ހަރުދަނާ އުސޫލުތަކަކާއި ޒިންމާދާރުކަމާއެކު މުއައްސަސާއެއްގެ ގޮތުގައި ފުރިހަމައަށް ހިންގާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ޕާޓީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އޭނާ ވަނީ، އެހެން ޕާޓީތަކާ ޚިލާފަށް އެމްޑީޕީން ގެންގުޅޭ ހަރުދަނާ ނިޒާމީ އޮނިގަނޑަކީ އެ ޕާޓީގެ ދެމިއޮތުމުގެ އަސާސްކަމުގައި ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެސީތަކުގެ މިސާލުތައް ނަންގަވައި، އަލީ ނިޔާޒު ވިދާޅުވީ ވެރިކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބެނީ މިފަދަ ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ހިންގާ ޕާޓީތަކަށް ކަމަށެވެ.
އަދި އެމްޑީޕީއަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ފަދަ ހިތްވަރެއް ދައްކާ، ވެރިކަން ގެއްލޭ ކޮންމެ ހިނދެއްގައިވެސް އަލުން އިއާދަވުމުގެ ގާބިލުކަން ސާބިތުކޮށްދީފައިވާ ޕާޓީއެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
ރައްޔިތުންނަށް އަމާޒުކޮށް އެންމެ ފައިދާހުރި ސިޔާސަތުތައް އެކުލަވާލުމުގައި އެމްޑީޕީން ދައްކާ އިޚްލާސްތެރިކަމަކީ، އެ ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރުގެ އަސްލުކަމަށް ނިޔާޒު ވިދާޅުވިއެވެ. މި އުސޫލުތަކުގެ މަތިން ދެމިއޮތުމުގެ ސަބަބުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރިހަމަ ޔަގީންކަމާއި އުއްމީދު އެ ޕާޓީއަށް އެބައޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު