އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވަނީ ހަމައެކަނި "ފޮނި ބޮޑުކަމުން" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅިގެން "ސަންގު" ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އެއްވެސް ވިސްނުމެއް ނެތި އަމަލުކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އިގްތިސާދު އޮތީ ވަރަށް ވަރުގަދަ ފައުންޑޭޝަނެއްގެ މަތީގައި ކަމަށާއި، ޑޮލަރުގެ ރޭޓުވެސް 16 ރުފިޔާގައި ހިފެހެއްޓިފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ފެލިވަރު ކޭނިން ފެކްޓްރީ އާއި ކޯލްޑް ސްޓޯރޭޖް ފަދަ، ފައިސާ ހަމަޖެހި ޓެންޑާ މަރުހަލާ ނިމިފައިވާ މަޝްރޫއުތައް ހުއްޓާލީ އެއީ އެމްޑީޕީން ފަށާފައިވާ ކަންކަމަށް ވާތީއެވެ. "އަޅުގަނޑުމެން ފަށާފަހުރި ޕްރޮޖެކްޓްތައް ހުއްޓާލީ ފޮނި ބޮޑުވެގެން. އަޅުގަނޑުމެން ކޮށްފަހުރި ކަމެއް ވީމަ ނުކުރާންވެގެން،" ފައްޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަ، މިއަދު މަސްވެރިންނަށް އޭގެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
ގައުމުގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދަރަނި ނެގުމަކީ ވިޔަފާރީގެ އުސޫލުން ކުރާ ކަމެއް ކަމަށާއި، މުހިންމީ އެ ދަރަނި އަނބުރާ ދެއްކޭނެ ޕްލޭންތަކެއް އޮވެގެން ނަފާ ހޯދުން ކަމަށެވެ. އަދި ދަރަނީގެ ބަހަނާ ދައްކައިގެން ގައުމު ކުރިއަށް ނުގެންދެވޭ ނަމަ، ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން ސިޔާސީ ބޭނުމަށް ބޭކާރު ވަޒީފާތައް އުފައްދަމުންދާ ކަމަށާއި، ރައީސް މުއިއްޒުގެ އަމާޒަކީ ރައްޔިތުން ވަޒީފާގެ އަޅުވެތިކަމެއްގައި ބޭތިއްބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އާސަންދަ ފަދަ ރައްޔިތުންނާ ގުޅުންހުރި އަސާސީ ހިދުމަތްތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު