ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އަދި ފަށަން ހުރި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް އޮޅުވާލައި ހަގީގަތާ ޚިލާފު އުއްމީދުތައް ދިނުން ސަރުކާރުން ހުއްޓާލަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގެ ރަށްތަކުގެ ހާލަތު ހުރިގޮތުން ކޮންމެ ރަށަކުން ވެސް އެންމެ ބޮޑަށް އިވެނީ ހުއްޓިފައިވާ މަޝްރޫއުތަކުގެ ޝަކުވާކަމަށެވެ. އަދި މިއީ ހަމައެކަނި އޭނާއަށް ފެންނަ މަންޒަރެއް ނޫން ކަމަށާއި، މަޖިލީހުގެ ތަޅުމުގައި ތަމްސީލުވާ އެކި ދާއިރާތަކުގެ މެމްބަރުން ވެސް އެ ބޭފުޅުންގެ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި މި ދާއިރާއަށް ބޮޑު ހޭދައެއް ކުރުމަށް 3 ބިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް ފެންނަން ނެތް ކަމަށެވެ. ހަމައެހެންމެ، މިއަހަރުގެ ބަޖެޓުން މިހާތަނަށް ޚަރަދުކުރެވިފައިވަނީ ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ 5 އިންސައްތަ ކަން ފާހަގަކުރައްވައި، ސަރުކާރުގެ ހިންގުންތެރިކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.
ޝަމްހީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަނުވާތީ، އެކި ޤާނޫނުތަކަށް ބަދަލު ގެނެސްގެން ހަގީގަތް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަޒީރުން އެކި ޕްލެޓްފޯމްތަކުގައި މަޝްރޫއުތައް ނިމޭނެ ވަގުތުތައް އިއުލާނު ކުރެއްވި ނަމަވެސް، އަތޮޅުތެރޭގައި އެއްވެސް މަސައްކަތެއް ބާރަށް ކުރިއަށް ނުދާކަން ރައްޔިތުންނަށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓު ބޭނުންކުރުމުގައި އިސްކަންދޭ ތަރުތީބު އޮޅިފައިވާ ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް އެންމެ މުހިއްމުވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ޚަރަދުކުރުމުގެ ބަދަލުގައި، ނަތީޖާއެއް ނުފެންނަ ބޭކާރު ކަންކަމަށް ދައުލަތުގެ ފައިސާ އިސްރާފު ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ސަރުކާރުން އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ތެދު މައުލޫމާތު ދީ، މަޝްރޫއުތައް އަލުން ފެށުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު