ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއް، އެ ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން އުނިކޮށްފިއެވެ.
24 މާޗު 2021 ގައި "ކުރީގެ ހައުސިން މިނިސްޓަރު ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިކޮމިޝަނަށް ހާޒިރުކުރުމާ ގުޅޭ" މި ސުރުޚީގެ ދަށުން ނެރުނު މި ބަޔާނާ ގުޅޭ ޕޯސްޓު އޭސީސީގެ ރަސްމީ އެކްސް އެކައުންޓުގައި އަދިވެސް އެބައޮތެވެ. ނަމަވެސް، އެ ޕޯސްޓުގައި ހިމަނާފައިވާ ލިންކަށް ފިއްތާލުމުން މިހާރު ފެންނަނީ "ހޯއްދަވަން އުޅުއްވި ޞަފްހާ ނުފެނުނު" ކަމަށް ބުނާ މެސެޖެކެވެ.
އޭސީސީން އޭރު މި ބަޔާން ނެރުނީ، އެމަނިކުފާނު ކޮމިޝަނަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ބަޔާނުގައި އޭސީސީން ބުނެފައިވަނީ، ރައީސް މުޢިއްޒު އޭސީސީއަށް ހާޒިރުކުރީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން، އެ ދުވަހު ރައީސް މުޢިއްޒު ހާޒިރުކުރުމުގެ ކުރިންވެސް އެހެން ދުވަހެއްގައި ތަހުގީގަށް ހާޒިރުކޮށްފައިވާ ކަމަށާއި، އެމަނިކުފާނު ހާޒިރުކުރާ މައުލޫމާތު މީޑިއާތަކަށް ދީފައިވަނީ ކޮމިޝަނުން ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާންމު އުސޫލުން ތަހުގީގަށް ހާޒިރުކުރާ ފަރާތްތަކުގެ މައުލޫމާތު ކޮމިޝަނުން ހާމަނުކުރާނެ ކަމަށްވެސް އޭރު ބުނެފައިވެއެވެ.
މި ބަޔާން ވެބްސައިޓުން ކުއްލި ގޮތަކަށް އުނިކޮށްފަވާއިރު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މިހާރުވަނީ ޤާނޫނު އިސްލާޙުކޮށްފައެވެ.
އޭސީސީން މި ބަޔާން ޑިލީޓުކޮށްލި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިއީ ސަރުކާރުގެ ނުފޫޒުން ހިންގާފައިވާ އަމަލެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ. މިކަމާ ގުޅޭގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ނޫސްބަޔާން - ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިކޮމިޝަނަށް ހާޒިރުކުރުމާ ގުޅޭhttps://t.co/IB9jFEySeu
— ACC-MALDIVES (@ACC_Maldives) March 24, 2021
މީގެ އިތުރުން، އެ ދުވަހު ރައީސް މުޢިއްޒު ހާޒިރުކުރުމުގެ ކުރިންވެސް އެހެން ދުވަހެއްގައި ތަހުގީގަށް ހާޒިރުކޮށްފައިވާ ކަމަށާއި، އެމަނިކުފާނު ހާޒިރުކުރާ މައުލޫމާތު މީޑިއާތަކަށް ދީފައިވަނީ ކޮމިޝަނުން ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާންމު އުސޫލުން ތަހުގީގަށް ހާޒިރުކުރާ ފަރާތްތަކުގެ މައުލޫމާތު ކޮމިޝަނުން ހާމަނުކުރާނެ ކަމަށްވެސް އޭރު ބުނެފައިވެއެވެ.
މި ބަޔާން ވެބްސައިޓުން ކުއްލި ގޮތަކަށް އުނިކޮށްފަވާއިރު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މިހާރުވަނީ ޤާނޫނު އިސްލާޙުކޮށްފައެވެ.
އޭސީސީން މި ބަޔާން ޑިލީޓުކޮށްލި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިއީ ސަރުކާރުގެ ނުފޫޒުން ހިންގާފައިވާ އަމަލެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ. މިކަމާ ގުޅޭގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު