ސަރުކާރުން ފަށާފައިވާ ތަރައްޤީގެ ބައެއް މަސައްކަތްތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެއްވެސް މަޝްރޫޢެއް ހުއްޓާލުން ނޫން ކަމަށާއި، ހުރިހާ މަސައްކަތެއްވެސް ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރ. އަލިފުށީގެ ސިއްހީ މަރުކަޒުގެ މަސައްކަތް ލަސްވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބައެއް މަޝްރޫޢުތަކުގެ ސްޕީޑް މަޑުޖެހިފައި ވަނީ އެކި ސަބަބުތަކާ ހުރެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ހާލެއްގައި ސަރުކާރުން އެކަންކަން ދޫކޮށްލީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރެއިންނާއި 'ނިއު ޕޮލިސީ އިނިޝިއޭޓިވް' ގެ ދަށުންވެސް އެންމެ ގިނަ އައު މަޝްރޫޢުތައް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި، ނަމަވެސް މިހާރު އެކުލަވާލާފައިވާ "ވަށާޖެހޭ ސިއްޙީ ސިޔާސަތު"ގެ ދަށުން އެ ދާއިރާ އާރާސްތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ރ. އަލިފުށީގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށަކީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން ވަރަށް މުހިންމު (ސްޓްރެޓީޖިކް) މަންޒިލެއް ކަމަށެވެ. އެހެންކަމުން، އެ ރަށުގައި ތަރައްޤީކުރާ ހޮސްޕިޓަލާއި އެއާޕޯޓް މަޝްރޫޢަކީ ސަރުކާރުން ނުހަނު އިސްކަންދޭ ދެ މަސައްކަތް ކަމަށާއި، މި ދައުރުގެ ތެރޭގައި އެ ދެ މަޝްރޫޢު ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މަޝްރޫޢުތައް އަވަސްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނި އެމްޓީސީސީއަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ފަސޭހަވެ، ކުރިއަށް އޮތް ތަނުގައި އަމަލީ މަސައްކަތްތައް ހަލުވި ބާރުމިނެއްގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މަޝްރޫޢުތައް ނިންމާނެ ތާވަލެއް މިހާރު ވަނީ އެކުލަވާލާފައެވެ. އެ ތާވަލުގެ ދަށުން އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން އެކި މުއްދަތުތަކަށް ބަހާލައިގެން މަސައްކަތްތައް ނިންމަމުންދާނެ ކަމަށާއި، 50 އެނދުގެ ބޮޑެތި ހޮސްޕިޓަލްތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ތާވަލުގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ނޫސްވެރިންނާ ހިއްސާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު