ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތެރެއަށް ނިސްބަތްވާ މެންބަރުން ގިނަ ނަމަވެސް، ގިނަ ޤާނޫނުތައް ފަރުމާކުރެވެނީ ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ހައްޤުތަކުން މަޙުރޫމުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވިދާޅުވެއްޖެއެވެ.
މެންބަރު ސަމީރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވި ރަށްވެހިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މިހާރު ހުރި ބައެއް ޤާނޫނުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ އެތައް ޙައްޤުތަކަކުން މަހުރޫމްވެ، އުފުލަން ނުޖެހޭ އެތައް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ވެރިކަމުގައި އޮންނަ ފަރާތްތަކުން ނޫނީ އަޅުގަނޑުމެންގެ ޤާނޫނުހަދާ މަޖިލީހުން ހަދާ ޤާނޫނުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރަށްފުށުގައި އުޅޭ މީހުން އެޅިފައި ހުރި ކަސްތޮޅު. އަޅުގަނޑުމެންނަށް ލިބެންވާ އެތައް ބައިވަރު ޙައްޤެއް އަޅުގަނޑުމެންގެ މައިންބަފައިން އުފުލަން ނުޖެހޭ އެތައް ބައިވަރު ތަކުލީފެއް އަޅުގަނޑުމެން އުފުލާފައި މިތިބީ." ސަމީރު ވިދާޅުވިއެވެ.
ހަމައެއާއެކު ސަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮޑު އިންސައްތައަކީ އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާ ބޭފުޅުން ކަމަށްވާއިރު، އަދި މަޖިލީހުގެ ރިޔާސަތުގައިވެސް އަތޮޅުތެރޭގެ ބޭފުޅަކު އިންނަވާއިރު، ރަށްފުށު މީހުން ކަސްތޮޅު އެޅޭނެ ފަދަ ގޮތަކަށް ޤާނޫނުތައް ހުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެއިތުރުން މެންބަރު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ ވަކި ކުލައަކަށް ނުވަތަ ވަކި ރަށަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް، މިހާރު ކަން ހިނގަމުންދާ ގޮތުން އާންމު ޚިދުމަތްތައް ހޯދުމުގައި ވަކި ރަށަކަށް ނިސްބަތްވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ސަމީރު މިހެން ވިދާޅުވެ، ރަށްވެހިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ބާރުއެޅުއްވި ނަމަވެސް، މިއަދުގެ ޖަލްސާގައި މި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީގެ 59 މެންބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވިއިރު، ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު