އަހުމަދު ޔާމިން   23 އޮކްޓޯބަރު 2020 - 19:11
ނަމާދުގެ ޖަމާޢަތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ނަމާދުގެ ޖަމާޢަތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
އިސްރާފް ކުރުމަކީ މުސްލިމް މުޖްތަމަޢަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބަލިމަޑުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކޮންމެ ކަމެއްގައި ނަމަވެސް ހައްދުފަހަނައަޅައި ދިއުމަކީ އިސްރާފުކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްރާފަކީ ހަމައެކަނި ކެއިން ބުއިމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީވެސް އިސްރާފުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ

މުދާ ހަލާކުކޮށް އުކާލުމަކީ އިސްރާފްކުރުމަށްވުރެ ނުބައިކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ، ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، އިސްރާފް ކުރުމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށެވެ. އަދި ކާބޯތަކެތި ގުދަންކޮށް ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ބެހެއްޓުމަކީވެސް އިސްރާފުކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ ކާއެއްޗެހި އުކާނުލައި އެތަނެތި ބޭނުންކުރުމަށް އިސްލާމްދީން ބާރުއަޅާކަމަށެވެ. އަދި އެފަދަ ކާބޯތަކެތި އުކާލުމަކީ ނިއުމަތުގެ ވެރިފަރާތަށް ހަރާންކޯރުވުން ކަމަށާއި، ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަ ކުރުމަކީ ވެސް އިސްރާފު ކުރުންކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ގަސްއިންދުމާއި، ދަނޑު ގޮވާންކުރުމާއި، އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ކާބޯތަކެތި އުފެއްދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަމަށް ހުތުބާގައިވެ އެވެ. އަދި ތިމާކުރާ މަސައްކަތުން އަނެކުންނަށް ލިބޭ މަންފާއަކީ ތިމާއަށް ލިބޭ ވަރަށް ބޮޑު ދަރުމައަކާއި ސަވާބެއްކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ސިއްހަތަކީ ރަނގަޅު ސިއްހަތެއްގައިވާ އިންސާނާގެ ބޮލުގައިވާ ރަން ތާޖެއްކަމަށާއި، މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް ބޭނުންތެރި ކަންކަމަށް ހޭދަކުރުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން