ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު ޕާޓީ ބަދަލުކުރެއްވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން އިދިކޮޅު އެމްޑީޕީން ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ޝުޖާއު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ 'ދަ ޑިމޮކްރެޓްސް'ގެ ޓިކެޓުގައި ނަމަވެސް، އެ ޕާޓީ އުވާލުމާ ގުޅިގެން އޭނާ ވަނީ މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެލްޖީއޭއިން ބުނާ ގޮތުގައި، ޝުޖާއު މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމީ ޖޫން 30 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
މި ނިންމުން ނިންމާފައިވަނީ، ޝުޖާއު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވުމަށްފަހު، މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން އެ ކޮމިޝަނުން އެލްޖީއޭއަށް އެންގުމާ ގުޅިގެންނެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު