ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުފެއްދި އިއްތިހާދުގެ މަސައްކަތްތަކަށް، އެ ބޭފުޅުން ފާޅުކުރައްވާ ހިޔާލަކުން އެއްވެސް ހުރަހެއް ނާންނާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރުމަށް ތިން ރައީސުން ފެއްޓެވި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލި މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް، މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ނުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދާދިފަހުން ރައީސް ޔާމީން، ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވުމާ ގުޅިގެން، މި އިއްތިހާދުގެ މަސައްކަތަށް ހިޔަނި އެޅިފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުމަށް ދައްކަވާ ވާހަކަފުޅުތަކަކީ އެމަނިކުފާނު ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.
"އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ. ދެން ސިޔާސީ ބޭނުންފުޅަށް ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ އެބަ ދައްކަވާ. ދެން އެއަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ ވަކި އޮނިގަނޑެއްގެ ތެރެއިން ކުރަން އުނދަގޫ ކަމެއް ނަމަވެސް، އެއްބާވަތެއްގެ ކަންބޮޑުވާ ކަންތައްތަކެއް ހުރިނަމަ އެކަމުގައި އެކުގައި މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ.
ތިން ރައީސުންގެ މަސައްކަތަށް އެމްޑީޕީ އާއި ޕީއެންއެފް އިން ރަސްމީކޮށް ތާއީދުކޮށްފައިވާއިރު، މަންދޫބުންގެ ގޮތުގައި ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާފައިވަނީ ފައްޔާޒް އިސްމާއީލާއި އީވާ އަބްދުﷲ އެވެ. ރައީސް ސޯލިހުގެ ފަރާތުން އަހުމަދު ސަލީމާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަނޑައަޅުއްވާފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ކަނޑައަޅުއްވާފައިވަނީ މުހައްމަދު މަލީހު ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ.
މިހާތަނަށް ތިން ރައީސުން ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރަކު ނަމަވެސް، މި މަސައްކަތް މުޅިން ހުއްޓާނުލާ ކަމުގެ ޔަގީންކަން ރައީސް ނަޝީދު މިއަދު ވަނީ ދެއްވާފައެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު