އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ މަގާމަށް ދާދިފަހުން އިންތިހާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗެއާޕާސަންކަން ކުރަށްވާ ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މިއީ އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަން އުޅޭ އިސްލާހެއްގެ ގޮތުގައި އަޑުފެތުރިފައިވާ ކަމެކެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި އަސާސީ ގަވައިދަށް އެފަދަ ބަދަލެއް ގެންނަނަމަ، އެކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޮންގްރެސް އިން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރެއްވި ކެމްޕެއިންގައި ރައީސް ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ތާއިދު އޮންނާނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ކަމަށް ހާމަކުރަށްވައިފައެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒުއާ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ޕްރައިމަރީގައި އެ ދެ ބޭފުޅުން ގުޅިގެން "ބޮޑު ބަދަލު"ގެ ނަމުގައި ސިޔާސަތުތަކެއް ވެސް ވަނީ އާންމު ކުރަށްވާފައެވެ. "ބޮޑު ބަދަލު" ސިޔާސަތުގައިވާ ގޮތުން ދައުލަތާއި ސަރުކާރުގެ ވެރިއަކަށް ހުންނަވާނީ ވަކި ދެ ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އިސްމާއިލް އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް ޞާލިޙްގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދަވަން މަސައްކަތް ކުރަށްވާނެ ކަމަށް ބެލެވެއެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު