ކުށުގެ ވެށީގައި ހިމެނޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނެސް، އެކުދިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އަމާޒުކޮށް ފެށުމަށް ނިންމާފައިވާ ’ހޯޕް އައިލެންޑް‘ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނުފެށި ލަސްވަމުންދާތީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި މަޝްރޫއަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނަށް އާއިލާތަކުން ކުރާ އުއްމީދުތައް ހާސިލުކޮށްދީ، އެކުދިންނަކީ މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް ރޭވިފައިވާ ނުހަނު މުހިންމު އިޖުތިމާއީ މަސައްކަތެކެވެ. މުޖުތަމައުގެ ގިނަ މައްސަލަތަކަކަށް ހައްލު ހޯދައިދޭނެ މި މުހިންމު މަޝްރޫއު ފެށުން މިހާރުވެސް މާލަސްވެފައިވާ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ހިންގުމަށް ކުރިން ހަމަޖެހިފައި އޮތީ ލ. ކަލައިދޫގައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި މަޝްރޫއު ހިންގާ ރަށް ދ. ވާނީއަށް ބަދަލުކުރުމަށްފަހު، ފަހުން އުތުރު ތިލަފަޅަށް ބަދަލުކޮށްފައެވެ. މިގޮތަށް ތަންތަން ބަދަލުވަމުން އަންނަ އިރު، އަމަލީ މަސައްކަތްތައް ފެށިފައި ނުވާތީ އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަޝްރޫއު ކުރިއަށް ގެންދާނެ އިންވެސްޓަރަކު ހޯދުމަށް ސަރުކާރުން އިއުލާނު ކުރި ނަމަވެސް، އެ މަސައްކަތަށް އެއްވެސް އިންވެސްޓަރަކު ލިބުނުކަން ނުވަތަ ނޫންކަން ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ.
ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް، އެކުދިންނަށް ބޭނުންވާ ތަރުބިއްޔަތާއި ތައުލީމު ފޯރުކޮށްދިނުމަކީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެހެންކަމުން، ގައުމީ ފެންވަރެއްގައި މި މަޝްރޫއު އަވަސްކުރުމަކީ މިވަގުތު މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު