ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރުވެރިކަން އޮންނަންވާނީ މިނިވަން މުއައްސާއަކަށް ކަމަށާއި، ސަރުކާރުގެ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް އެ ބާރު ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރު ދީދީ މިހެން ވިދާޅުވީ، ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޖިޓަލް އައިޑެންޓިޓީ ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެންބަރު ދީދީ ވިދާޅުވީ، ޑިޖިޓަލް އައިޑެންޓިޓީ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި، ބިލުގެ މަގުސަދު ރަނގަޅު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް އައިޑެންޓިޓީ ބިލު ގާނޫނަކަށް ވުމާއެކު، 16 ޖެނުއަރީ 2026 ގައި އުފެދިގެންދިޔަ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ވެރިޔަކަށް ހުންނާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު އައްޔަނު ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސަށެވެ. އަދި ކޮމިޝަނަރު ޖަވާބުދާރީވާން ޖެހެނީ ހޯމް މިނިސްޓަރާއި ރައީސަށެވެ.
ދިވެހި ހުރިހާ ރައްޔިތުންގެ މައުލޫމާތު ޓްރެކްކޮށް، ބޭނުން ގޮތަކަށް ބެލޭ ގޮތަށް ސިޔާސީ ނުފޫޒު އޮންނަ ފަރާތަކަށް ބާރު ލިބިގެން ނުވާނެކަން ފާހަގަ ކުރަށްވަމުން، ކޮމިޝަނަރުގެ ބެލެނިވެރި ފަރާތަކަށް ހޯމް މިނިސްޓަރު ވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް ވެސް މެންބަރު ދީދީ ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް، ޑިޖިޓަލް އައިޑެންޓިޓީ ވެސް، އަދި މޯލްޑިވްސް 2.0 ގައި ހުށަހަޅާ ކަންތައްތައް ވެސް، ހުރިހާ ކަމެއްގެ ބެލެނިވެރިޔަކަށް ވަނީ ހޯމް މިނިސްޓަރު. ނޫނީ ދައުލަތުގެ ސަރުކާރުން ކަނޑައަޅާ މިނިސްޓްރީއެއްގެ އަތްދަށަށް ދަނީ. އޭގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ކަމާމެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ." ދީދީ ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މިފަދަ ގާނޫނުތައް ތަންފީޒު ކުރާ ކަމަށާއި، ނަމަވެސް ހަވާލުކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ވަކި އޮތޯރިޓީއަކަށް ނުވަތަ މިނިވަން މުއައްސަސާއަކަށް ކަމަށް ދީދީ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގައި ވެސް އެ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭގެއިތުރުން ދީދީ ވިދާޅުވީ މީގެކުރިން ވެސް ސަރުކާރުން ވަޒީރުންނާ ހަވާލުކޮށްފައިވާ ކަންތައްތަކުގެ ނާޖާއިޒު ބޭނުން ކޮށްގެން ޕާޓީ ނުވަތަ ސަރުކާރުގެ މަގުސަދުތައް ހާސިލު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ޓެކްނިކަލް ކަންތައްތައް ހިމެނޭ ބިލެއް ކަމަށް ވާތީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށް، އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު ވަނީ 49 މެންބަރުންގެ ވޯޓާ އެކު ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ފޮނުވާފައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު