މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އިމިގްރޭޝަން ޓާސްކްފޯހުން ރޭ ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި އެ ސަރަހައްދުގައި ތިބި ޖުމުލަ 88 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭގައި އުޅުމުގެ ސައްހަ ހުއްދައެއް ނެތް 27 ބިދޭސީއަކު ފާހަގަކުރެވި، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިސްނަގައިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހި، މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށާފައެވެ. މި އޮޕަރޭޝަނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ދެނެގަނެ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު