މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އެމެރިކާ ސަރުކާރުގެ އެހީގައި 150 ޑްރަގް ޓެސްޓް ކިޓް ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފިއެވެ.
ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް (އައި.އެން.އެލް) އިން ފޯރުކޮށްދިން މި ތަކެތި ފުލުހުންނާ ހަވާލުކުރީ އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ތަކެތި ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާ އަދި މިހްޔަރ އަލް ނިފެއިޑީއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެމެރިކާ ސަރުކާރަށާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރު އަދާކުރައްވާފައެވެ. ސީ.ޕީ ވިދާޅުވީ، މިއަދު ހަދިޔާކުރެވުނު ކިޓްތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ، ތަހުގީގުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި 150 ކިޓަކީ ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ވަގުތުން ދެނެގަނެވޭނެ ފަދަ، އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތްތަކެކެވެ. މީގެ ސަބަބުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބާވަތްތައް ކަށަވަރުކުރުމަށް ފަސޭހަވެ، މުޅި ނިޒާމަށް އޭގެ އެދެވޭ އަސަރު ކުރާނެއެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު