ފީފާ ވޯލްޑް ކަޕް 2026
ފީފާ ވޯލްޑް ކަޕް 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުތަކަށްފަހު، ކުއާޓާ ފައިނަލުގެ ކުރެހުން ފެންނަން ފަށައިފިއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މި މުބާރާތުގެ ހަތަރުވަނަ ހަފުތާއަށް ދަތުރުކޮށްފައިވާއިރު، ތަށީގެ އުއްމީދުގައި ބާކީ ތިބީ މަދު ޓީމުތަކެކެވެ.

މިހާތަނަށް ހަތަރު ގައުމަކުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، ބާކީ ހުރި ޖާގަތައް ކަށަވަރުވާނީ ކުރިއަށް އޮތް ދެ ދުވަހުގެ މެޗުތަކަށްފަހުއެވެ.

މިހާތަނަށް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ މޮރޮކޯ، ފްރާންސް، ނޯވޭ އަދި އިންގްލެންޑެވެ. މީގެ ތެރެއިން ބައެއް ޓީމުތައް ފަސޭހަކަމާއެކު މޮޅުވި ނަމަވެސް، އަނެއްބައި ޓީމުތަކުން ވަނީ ވަރުގަދަ ކުޅުމަކަށްފަހު ހަނި ގޮތަކަށް މޮޅުވެފައެވެ.

ގަދަ 16 ގެ ބާކީ ހުރި މެޗުތަކުގެ ތާވަލު:

• ޕޯޗުގަލް އަދި ސްޕެއިން 6 ޖުލައި، ހޯމަ ދުވަހު - ޑަލަސް ސްޓޭޑިއަމް، އެމެރިކާރާއްޖެ ގަޑިން: 00:00 (އަންގާރަ ވިލޭރޭ)

• އެމެރިކާ އަދި ބެލްޖިއަމް 6 ޖުލައި، ހޯމަ ދުވަހު - ސިއެޓްލް ސްޓޭޑިއަމް، އެމެރިކާރާއްޖެ ގަޑިން: 05:00 (އަންގާރަ ދުވަހުގެ ފަތިހު)

• ސްވިޒަލޭންޑް އަދި ކޮލަމްބިއާ 7 ޖުލައި، އަންގާރަ ދުވަހު - ބީސީ ޕްލޭސް ސްޓޭޑިއަމް، ކެނެޑާރާއްޖެ ގަޑިން: 01:00 (ބުދަ ވިލޭރޭ)

• އާޖެންޓީނާ އަދި މިޞްރު 7 ޖުލައި، އަންގާރަ ދުވަހު - އެޓްލާންޓާ ސްޓޭޑިއަމް، އެމެރިކާރާއްޖެ ގަޑިން: 21:00

ކަށަވަރުވެފައިވާ ކުއާޓާ ފައިނަލް މެޗުތަކުގެ ތާވަލު:

• ފްރާންސް އަދި މޮރޮކޯ 9 ޖުލައި، ބުރާސްފަތި ދުވަހު - ބޮސްޓަން ސްޓޭޑިއަމް، އެމެރިކާ - ރާއްޖެ ގަޑިން: 01:00 (ހުކުރު ވިލޭރޭ)

• އެމެރިކާ/ބެލްޖިއަމް މޮޅުވާ ޓީމެއް އަދި ޕޯޗުގަލް/ސްޕެއިން މޮޅުވާ ޓީމެއް 10 ޖުލައި، ހުކުރު ދުވަހު - ލޮސް އެންޖެލެސް ސްޓޭޑިއަމް، އެމެރިކާ - ރާއްޖެ ގަޑިން: 00:00 (ހޮނިހިރު ވިލޭރޭ)

• ނޯވޭ އަދި އިންގްލެންޑް 11 ޖުލައި، ހޮނިހިރު ދުވަހު - މިއާމީ ސްޓޭޑިއަމް، އެމެރިކާ - ރާއްޖެ ގަޑިން: 02:00 (އާދީއްތަ ވިލޭރޭ)

• އާޖެންޓީނާ/މިޞްރު މޮޅުވާ ޓީމެއް އަދި ސްވިޒަލޭންޑް/ކޮލަމްބިއާ މޮޅުވާ ޓީމެއް 12 ޖުލައި، އާދީއްތަ ދުވަހު - ކެންސަސް ސިޓީ ސްޓޭޑިއަމް، އެމެރިކާ - ރާއްޖެ ގަޑިން: 06:00 (ހޯމަ ދުވަހުގެ ފަތިހު)

ވޯލްޑް ކަޕްގެ ފައިނަލާ ގާތަށް ދަތުރުކުރާއިރު، ކުރިއަށް ހުރި ކޮންމެ މެޗަކީވެސް ނުހަނު މުހިންމު މެޗެކެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ ތަށި އުފުލާލުމުގެ ފުރުސަތު ލިބޭނެ އަށް ޓީމު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެނގިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު