މާލޭގެ ބޮޑުތަކުރުފާނުމަގު
މާލޭގެ ބޮޑުތަކުރުފާނުމަގު
މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭގަނޑު 19:07 އެހާކަންހާއިރުކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާއަށް ވަގުތުން ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުން ވަގުތުން ގޮސް ހަރަކާތްތެރިވެފައިވާ އިރު، މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތެއް އަދި ލިބިފައިނުވެއެވެ.

މިހާރު ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު