އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީ
އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީ
އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާ ފޯނުން ގުޅުއްވައި، ސަރަޙައްދީ އެންމެ ފަހުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި އަރާޤްޗީ ވަނީ އެމެރިކާގެ ފަރާތުން ފެންނަމުންދާ އަސްކަރީ "އެޑްވެންޗަރިޒަމް" ނުވަތަ ހަމަނުޖެހުން އުފެއްދުމުގެ އަމަލުތަކާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

އީރާނުގެ ސިޔާދަތާއި، ބިމުގެ ނަޒާހަތްތެރިކަމާއި އަދި ޤައުމީ ސަލާމަތް ދިފާއުކުރުމަށް އީރާނުގެ ރައްޔިތުންނާއި އަސްކަރިއްޔާގެ ފަރާތުން ވަރުގަދަ އަޒުމެއް އޮތްކަން ހާމަކުރައްވަމުން، މިފަދަ ހަމަލާތަކަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ސަރަޙައްދީ ހަމަޖެހުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

މި މަޝްވަރާތަކަކީ މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ އަދި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް އިސްކަންދޭކަން ރަމްޒުކޮށްދޭ ކަމެކެވެ. ޚާއްސަކޮށް، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.



ކިޔުންތެރިންގެ ހިޔާލު