ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ ފުރަތަމަ ކުއާޓާ ފައިނަލުގައި މޮރޮކޯގެ މައްޗަށް ކުރިހޯދައި، ފްރާންސުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޖުލައި މަހުގެ 9 ވީ ބުރާސްފަތި ދުވަހު ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކީލިއަން އެމްބާޕޭ އަތުން ނާކާމިޔާބުވި ނަމަވެސް، ފަހުން އޭނާ ވަނީ ލަނޑެއް ޖަހައި، އުސްމާން ޑެމްބޭލޭ ކާމިޔާބުކުރި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މި މޮޅާއެކު، މުބާރާތުގައި ބާކީ އޮތް އެފްރިކާގެ ހަމައެކަނި ބާރު ކަމަށްވާ މޮރޮކޯ ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.
މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު، އެމްބާޕޭ ވަނީ މުބާރާތުގައި ޖުމްލަ އަށް ލަނޑު ހަމަކޮށް، ލިއޮނަލް މެސީއާ އެއްވަރުކޮށްފައެވެ. ނަމަވެސް، އެމްބާޕޭ ތިން އެސިސްޓް ހަމަކޮށްފައިވުމުން، އޭނާ މިހާރު އުޅެނީ ރަން ބޫޓުގެ ރޭހުގެ އެއްވަނައިގައެވެ. މެސީއަށް މިހާތަނަށް ހެދިފައިވަނީ އެންމެ އެސިސްޓެކެވެ.
މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ގައުމު ބައްދަލުކުރި ހަތްވަނަ މެޗެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކުޅުނު މެޗުތަކުން ފްރާންސް ފަސް މެޗުން މޮޅުވެފައިވާއިރު، މޮރޮކޯއަށް ކުރިހޯދިފައިވަނީ އެންމެ މެޗަކުންނެވެ.
މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖުލައި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.
މިހާތަނަށް ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ އަދި ޖާގައަކަށް ވާދަކުރާ ޓީމުތަކަކީ:
• ފްރާންސް
• ސްޕެއިން ނުވަތަ ބެލްޖިއަމް
• އިންގްލެންޑް ނުވަތަ ނޯވޭ
• އާޖެންޓީނާ ނުވަތަ ސްވިޒަލޭންޑް

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު