އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކަށް ދިން މިސައިލް ހަމަލާއެއްގެ ވާހަކަ ދައްކަވަމުން، "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން" އޭ ވިދާޅުވެ، ގައުމުގެ ނަން އޮޅިވަޑައިގަތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގެ ހަވާސާގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު ހުންނަވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "މީގެ މަދު މަސްތަކެއް ކުރިން" ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާނުން" 111 މިސައިލް ފޮނުވާލި ކަމަށެވެ. އަދި އެ ހުރިހާ މިސައިލެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި، އެ މަނަވަރަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަޕާނަކީ އެމެރިކާގެ އެންމެ ގާތް އެއް ބައިވެރިޔާއެވެ. އަދި އެއީ އިސްލާމީ ޖުމްހޫރިއްޔާއެއް ނޫނެވެ. ބެލެވޭ ގޮތުގައި ޓްރަމްޕަށް މި އޮޅުން އެރީ އީރާނުގެ ވާހަކަ ދައްކަވަން އުޅުއްވުމުގެ ތެރޭގައެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަން ފަހަކަށް އައިސް ހަރަކާތްތެރިވަމުންދަނީ މަސްރަހު ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ ސަރަހައްދުގައެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ ސިފައިން ވަނީ އަރަބި ކަނޑުން އެ މަނަވަރާ ދިމާލަށް އައި ޑްރޯނެއް ވައްޓާލާފައެވެ. އަދި އީރާނުން ވަނީ ބެލިސްޓިކް މިސައިލަކުން އެ މަނަވަރަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކަން ދޮގުކުރެއެވެ.
އެމެރިކާ އާއި ޖަޕާނާ ދެމެދު އަސްކަރީ ގޮތުން ވަރުގަދަ ގުޅުމެއް އޮންނަތާ 75 އަހަރާ ގާތްވެފައިވާއިރު، ޖަޕާނުގައި އެމެރިކާގެ 60،000 އެއްހާ ސިފައިން ހަރަކާތްތެރިވެއެވެ.
ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން އިންޓަނެޓުގައި ގިނަ ބަޔަކު ދަނީ މަޖާޒީ ގޮތުންނާއި ފާޑުކިޔުމުގެ ނަޒަރަކުން ޚިޔާލު ފާޅުކުރަމުންނެވެ. ޚާއްޞަކޮށް، ދުނިޔޭގެ ޗާޓުގައި އެފަދަ ނަމެއް ކިޔާ ގައުމެއް ނެތްއިރު، ރައީސަކު މިފަދަ ބޮޑު އޮޅުމެއް އެރުވުމުން ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު