މާލޭގައި ހިނގި އެކްސިޑެންޓެއް | ފޮޓޯ: މީސްމީޑިއާ
މާލޭގައި ހިނގި އެކްސިޑެންޓެއް | ފޮޓޯ: މީސްމީޑިއާ
މާލޭ ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު 15:57 ހާއިރު މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ، އުސްފަސްގަނޑު ކައިރިން ބުރިޖުން ފައިބާ އުޅަނދުތައް މާލެއަށް އަރާ ލޭނުގައެވެ.

މިޙާދިސާގެ އިތުރު މަޢުލޫމާތު ހާމަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު