ދިވެހިރާއްޖޭގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ސައިބާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅިފައިވާ ބައެއް މައްސަލަތައްވެސް ހިމެނެއެވެ.
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވުމެވެ. ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްތަކަށެވެ. އެގޮތުން މި ބާވަތުގެ ކުށްތައް 86 އިން 464 އަށް އިތުރުވެ، 439 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ ރިކޯޑު ކުރެވިފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 626 އިންސައްތަ އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ 83 އިންސައްތަ އިތުރުވެފައެވެ.

2025 އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ސަައިބާ ކްރައިމްތަކުގެ ތަފާސްހިސާބު، ފޮޓޯ: ފުލުހުން
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ ބައެއް ކުށްތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 75 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ދަށްވެފައެވެ.
މިފަދަ ކުށްތަކުން އާންމުން ސަލާމަތްކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި ފުލުހުން ވަނީ އެހީތެރިވެފައެވެ. ހަމައެއާއެކު، އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކުގެ ތެރެއިން 3,143 ފަރާތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި އޮފީސްތަކުގެ މުވައްޒަފުން ހިމެނެއެވެ.
ފުލުހުން ބުނިގޮތުގައި، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމެވެ. އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު