ދިވެހި ޒުވާނުންނަކީ އަމިއްލަ މަސައްކަތުން އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި ފެސިލިޓީ އިފްތިތާހުކޮށްދެއްވީ މިއަދު ފެށި "ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ" ގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ފައިނޭންސިންގ ސްކީމަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ފުރުސަތެކެވެ. މި ސްކީމުގެ އެންމެ ހާއްސަ އެއް ކަމަކީ އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބުމެވެ. މިއީ ވިޔަފާރިއެއް އަލަށް ފަށަން ބޭނުންވާ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމަށް ހުޅުވާލެވުނު ވަރަށް ބޮޑު ލުޔެކެވެ.
މި ފެސިލިޓީގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައެވެ. ބީއެމްއެލްއިން ބުނި ގޮތުގައި ޒުވާނުންނަށް ވީހާވެސް އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެއާ މެދު ގޮތެއް ނިންމާނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، ވިޔަފާރި ހަމަޖެހިލުމަށްޓަކައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބިގެންދާނެއެވެ.
ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ޒުވާނުންނަށް ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭނެއެވެ. މީގެ ބޭނުމަކީ ހަމައެކަނި ފައިސާ ދިނުމުގެ ބަދަލުގައި، ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި ޒުވާނުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިވުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިޔަން ރުފިޔާގެ ފައިނޭންސިންގ ސްކީމަކީ ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ބަދަލުކުރުމަށް އެޅުނު ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަންވެސް ވަނީ މި ފެސިލިޓީގެ ސަބަބުން ޒުވާނުންނަށް ވިޔަފާރީގެ މައިދާނަށް ވަނުމަށް އޮތް ހުރަސްތައް ނެތިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިތުބާރާއެކު އެމީހުންގެ ދަތުރު ފެށުމަށް މަގުފަހިކޮށްދިނުމެވެ.
މި އައު ފައިނޭންސިންގ ފުރުސަތަކީ ރާއްޖޭގެ މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، އިގްތިސާދީ ގޮތުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު