ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިހުމާލުވަމުންދާތީ، އެކަމާ މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުމުން އެފުރުޞަތު އެ ކުންފުނިން ނުދިން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން މިއަދު ވަނީ އެޗްޑީސީގެ އޮފީހަށް ވަޑައިގެން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެޗްޑީސީގެ ފަރާތުން އެ ބައްދަލުވުމަށް އެއްވެސް ފުރުޞަތެއް ދީފައެއް ނުވެއެވެ.
މޭޔަރާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ، ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި، އެފްޑީސީގެ ފްލެޓްތަކުގެ އިތުރުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީއެވެ.
މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހެޅުއްވި ކަންބޮޑުވުމެކެވެ.
މިކަމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، "އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރަން ދިޔައީ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ނުލިބޭ މައްސަލަ ކައުންސިލަށް ހުށަހެޅުމުން އެ ކަމާ މަޝްވަރާކުރުމަށް. ނަމަވެސް އެ ފުރުޞަތު ނުލިބުނު. މިއަދު ފުރުޞަތު ނުލިބުނަސް، މި މައްސަލަ ޙައްލުވަންދެން އެޗްޑީސީއަށް ދާނަން،" ކަމަށެވެ.
މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވި ކައުންސިލަރު ޒަހިއްޔާ ވިދާޅުވީ، އެޗްޑީސީން މި މައްސަލަ ޙައްލުކޮށްނުދޭނަމަ ތަކުރާރުކޮށް އެ ކުންފުންޏަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެން އެޗްޑީސީއަށް ވަޑައިގަންނަވާނީ މި ދަތިތައް ތަޙައްމަލްކުރަމުންދާ ރައްޔިތުންނާ އެކުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ސިޓީ ކައުންސިލުން ބުނަމުންދަނީ މިކަމުގައި އެޗްޑީސީގެ އެއްބާރުލުން ނުލިބި މައްސަލަ ޙައްލުކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު